އަޅުގަނޑުމެން

"ނަސޭހަތް" އަކީ މީސްމީޑިއާގެ ތަފާތު އެކި ޕުލެޓްފޯރމްތައް މެދުވެރިކޮށް، ދިވެހި ލޮބުވެތި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީކުރެވިގެން ހިންގޭ ޖަމުޢިއްޔާއެކެވެ.

"ނަސޭހަތް" އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ މުޖުތަމަޢުގައި ހިނގަމުންއަންނަ މުހިންމު އެކިއެކި ކަންކަމާއިމެދު އާއްމުން ހޭލުންތެރިކުރުވުމަށް ތަފާތު ވީޑިޔޯ ރިޕޯޓުތައް ގެނެސްދިނުމާއި،  ވީޑިޔޯ އަދި ފޮޓޯގެ ޒަރީޢާއިން އެކި މަޥްޟޫޢުތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

"ނަސޭހަތް" ގެ އަމާޒަކީ، ކުރިއަށް މިއޮތްދުވަސްތަކުގައި އަޅުގަނޑުމެންގެ މަސައްކަތްތައް ފުޅާކޮށް، ދަޢުވަތުގެ މައިދާނުގައި ދިވެހި ލޮބުވެތި ރައްޔިތުން އެންމެ އިތުބާރުކުރާ އެއް މީސްމީޑިއާ ޕުލެޓްފޯރމް ކަމުގައި ހެދުމެވެ.